ށ.އަތޮޅުކައުންސިލްގެ 2018ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުން


ކައުންސިލްގެ ނިންމުން

 

  • ހުށަހެޅުން:  މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ 2018ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ (2010/7)ގެ 96ވަނަ މާއްދާގައިވާ ގޮތުގެމަތީން 2018 އަހަރަށް ލަފާކުރާ ށ.އަތޮޅުކައުންސިލްގެ ބަޖެޓް، އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފީމެވެ. އަދި އެޤާނޫނުގެ 97ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތީން އެކުލަވާލެވުނު ބަޖެޓް ސްޓޭޓްމަންޓާއި، ކައުންސިލުން ހިންގާ ވިޔަފާރިތަކާ ގުޅޭ ހިސާބުތައް ޞައްޙަކަމަށް ފާސްކޮށްފީމެވެ.

މިގޮތަށް ނިންމާފައިވަނީ 2018 ޖަނަވަރީ 11 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 31ވަނަ ޢާއްމު ޖަލްސާއިންނެވެ.

 

14 ޖަނަވަރީ 2018