ކައުންސިލްގެ ނިންމުން
ނަންބަރު: 2017/59 (N)
- ހުށަހެޅުން: ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމާ ބެހޭގޮތުން މަޝްވަރާކުރުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
އަތޮޅުކައުންސިލްގެ “ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގައި ބައިވެރިވެފައިވާ ފަރާތްތަކަށް “ކިޔެވެނިއެހީ” ގެ ގޮތުގައި މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ “ކިޔެވެނިއެހީގެ ސިޔާސަތު” ކޮމިޓީ މަރުޙަލާގައި ގެނެސްފައިވާ އިޞްލާޙްތަކާއެކު ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2017 ޑިސެންބަރު 19 ވަނަ ދުވަހުގެ ހެނދުނު 13:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 28ވަނަ ޢާއްމު ޖަލްސާއިންނެވެ.
19 ޑިސެންބަރު 2017