ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ށ.ފުނަދޫގައި ހުރި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރުގެ ކުންފުނިގުޅިގެން މިއަދު ހެނދުނު 9:15ގައި އަތުގުޅާލުމެއް ބާއްވައިފިއެވެ.
ފުނަދޫ ކައުންސިލުން އިންތިޒާމުކުރި މި ރަސްމިއްޔާތުގައި ޤުރުއާން ކިޔަވައިދެއްވީ އަލްޤާރީ އިބްރާހީމް މުޙައްމަދެވެ. އެއަށްފަހު ދުޢާ ވިދާޅުވެދެއްވީ އަލްޙާފިޡް އިބްރާހީމް ރަމްޒީއެވެ.
މި ރަސްމިއްޔުގައި 2014ވަނަ އަހަރުގެ ސުނާމީ ޙާދިޘާގައި ނިޔައުވި އަދި ގެއްލުނު ދިވެހިންގެ ހަނދާނުގައި އެއް މިނިޓުގެ ސްކޫތެއް ގެނެވުނެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ ޤައުމީ ސަލާމުންނެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، ކައުންސިލްތައް ގުޅިގެން ކުރިޔަށްގެންދެވުނު މި ޙަރަކާތް ށ.އަތޮޅުގެ ހުރިހާ ރަށެއްގައިވެސް މިއަދުގެ 9:15 އިން ފެށިގެން ކުރިޔަށްގެންދެވިފައިވެއެވެ.