އަތޮޅުކައުންސިލަށް ވޭނެއް ގަތުމަށް ޙަވާލުކުރާނެ ބަޔަކު ކަނޑައެޅުން


ކައުންސިލްގެ ނިންމުން

ނަންބަރ: 2017/57

  • ހުށަހެޅުން:  ށ.އަތޮޅުކައުންސިލަށް ވޭނެއް ގަތުމަށް އެދި ކުރެވުނު ނަންބަރު (IUL)227-ID/227/2017/23 އިޢުލާނާގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އިވެލުއޭޓްކުރުމަށްފަހު ބިޑްކޮމިޓީން ކައުންސިލަށް ދެއްވާފައިވާ ލަފަޔާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ކައުންސިލަށް ވޭނެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތައް ބިޑް އިވެލުއޭޝަން ކޮމިޓީގެ ދިރާސާއަށް ބެއްލެވުމަށްފަހު އެކޮމިޓީން ލަފާދެއްވާފައިވާ ގޮތަށް ވޭން ގަތުމަށް އޯލް ސްޓްރަކްޝަރ އިން 2014 ވަނައަހަރު އުފެއްދިކަމަށް ބަޔާންކޮށްފައިވާ ވޭން ގަތުމަށް އެފަރާތާ ޙަވާލުކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2017 ނޮވެމްބަރ 29 ވަނަ ދުވަހުގެ ހެނދުނު 13:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 25ވަނަ ޢާއްމު ޖަލްސާއިންނެވެ.

29 ނޮވެމްބަރ 2017