ކައުންސިލްގެ ނިންމުން
ނަންބަރ: 2017/56
- ހުށަހެޅުން: ވިޔަވަތި ރަށުކައުންސިލްތަކުގެ މަހާސިންތާގެ ބަޖެޓާ ބެހޭގޮތުން މަޝްވަރާކޮށް ފާސްކުރުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ކުނިމެނޭޖުކުރުމާބެހޭ މަހާސިންތާގެ އައިޓަމަށް ވިޔަވަތި ރަށުކައުންސިލްތަކުގެ މަހާސިންތާގެ އިދާރީޚަރަދުތަކަށް41,520.00 ރުފިޔާ، އަދި ރަށްރަށުގައި ކުނި ހެޔޮގޮތުގައި ނައްތާލުމުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އިދާރީ ކަންކަން ހަމަޖެއްސުމަށް 100,000.00 ރުފިޔާ ޚަރަދުކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2017 ނޮވެމްބަރ 29 ވަނަ ދުވަހުގެ ހެނދުނު 13:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 25ވަނަ ޢާއްމު ޖަލްސާއިންނެވެ.
29 ނޮވެމްބަރ 2017