ސްކޫލު ފޮތް ލިސްޓްތަކަށް އެސް.އާރު.ސީން ފޮތް ގެނެސްދެނީ


ސްކޫލު ދަރިވަރުންނަށް 2018ވަނަ އަހަރު ދޫކުރާ ފޮތްލިސްޓްތަކަށް ށ.އަތޮޅުކައުންސިލްގެ ސްޓާފް ރިކްރިއޭޝަން ކްލަބުން ފޮތް ގެނެސްދޭ ގޮތަށް ހަމަޖައްސައިފިއެވެ.

2017ވަނަ އަހަރުގެ ޙަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން އެ ކްލަބުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ދަށުން ފޮތް ގެންނަ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެސް.އާރު.ސީގެ ކޮންމެ މެންބަރަކުވެސް ފޮތްލިސްޓާ ޙަވާލުވާ ގޮތަށް ހަމަޖައްސާފައިވާއިރު ފޮތްލިސްޓުގެ ފޮތްތައް ގެއާ ހިސާބަށް ގެނެސްދޭ ގޮތަށް ވަނީ އިންތިޒާމުކުރެވިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ފޮތް ގެންނަ ފަރާތްތަކަށް ހިލޭ ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި ސެލޯފިން ލައްވައިދިނުމާއި، ނަންކާޑުކޮޅު ހަދައިދިނުމާއި، އަމިއްލައަށް ސެލޯފިން ލައްވަން ބޭނުންފުޅުނަމަ ސެލޯފިން ފޯރުކޮށްދިނުމާއި، ކަރުދާސް ދިނުމުން މޮނީޓަރފޮތްތަކަށް ކަރުދާސް ލައިދިނުމާއި، ބޭނުންފުޅުވާ ޑިޒައިނަކަށް ނަންކާޑުކޮޅު ހަދައިދިނުމާއި، މޮނީޓަރ ފޮތްތަކުގައި މާއްދާގެ ނަންޖަހައިދިނުން ހިމެނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ފޮތް ގެނައުމަށް ބޭނުންވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9969595 އަދި 9946699 އާ ގުޅުއްވުމަށްވެސް އެ ކުލަބުން އެދިވަޑައިގަންނަވައެވެ.