ވިޔަވަތި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


ށ.އަތޮޅުގެ 2016ވަނަ އަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި، ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ދިނުމުގެ ޚާއްޞަ ޖަލްސާ މިރޭ ށ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވައިފިއެވެ.

ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން  ފެށިގެން ދިޔަ މިޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާރިފްއެވެ.

މި މުބާރާތުގެ ޝަރަފްވެރި 1ވަނަ އާއި، ގަދަ 5 ގެ އެއްވަނަ ޙާޞިލުކޮށްފައިވަނީ ށ. ކޮމަންޑޫ ރަބީޢުގޭ ޢާއިޝަތު އަފްނާން ޝަރީފް އެވެ. ގަދަ 5 ގެ ދެވަނަ ޙާޞިލުކޮށްފައިވަނީ ށ.ކަނޑިތީމު ޝަބްނަމީވިލަ މައިޝަން މުޙައްމަދު ރަޝީދާއި، ށ. މިލަންދޫ މީނާޒުހައުސް މުޙައްމަދު ހަނޫން ރަޝީދެވެ. 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.ފީވަކު ޙާޟިލް އާމިނަތު ނޫރު އެވެ. 4ވަނަ އަށް ށ.މިލަންދޫ ވިލާސް ޢާއިޝަތު އިސްމާ އާއި، މިލަންދޫ ޓީމުގައި ހިމެނޭ ށ.ފުނަދޫ ހެޕީލާލު މުޙައްމަދު ފަރާޒު ހޮވިފައިވެއެވެ. 5ވަނަ އަށް ހޮވިފައިވަނީ ށ.މިލަންދޫ ނޫއަލި ޢާއިޝަތު ޞަބާއެވެ.

މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 1ވަނަ ޙާޞިލުކޮށްފައިވަނީ ށ.މިލަންދޫ ވިލާސް ޢާއިޝަތު އިސްމާއެވެ. 2ވަނަ އަށް ށ. މިލަންދޫ ނޫއަލި ޢާއިޝަތު ޞަބާ ހޮވިފައިވާއިރު  3ވަނަ އަށް ހޮވިފައިވަނީ ށ.ފޯކައިދޫ މަރާމް އާޔާ ބިންތު މުޙައްމަދެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ ށ. ކޮމަންޑޫ ރަބީޢުގޭ ޢާއިޝަތު އަފްނާން ޝަރީފް ހޮވިފައިވާއިރު، އެ ގޮފިން 2ވަނަ އަށް ހޮވިފައިވަނީ ށ. މިލަނ މީނާޒުހައުސް މުޙައްމަދު ހަނޫން ރަޝީދާއި، ށ. ކަނޑިތީމު ޝަބްނަމީވިލާ  މައިޝަން މުޙައްމަދު ރަޝީދެވެ. 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.ފީވަކު ހާސިލް އާމިނަތު ނޫރުއެވެ.

6 އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ގޮފިން 2ވަނަ ޙާޞިލުކޮށްފައިވަނީ ށ. ފޭދޫ ކެނދިފަށުވިގެ ޢާއިޝަތު ނީމް އަޙްމަދެވެ. 3ވަނަ އަށް ހޮވިފައިވަނީ ށ.ފުނަދޫ ބޮންތި އަންޖަލް މުޙައްމަދު ފަޟީލްއެވެ. 7 އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ގޮފިން 2ވަނަ ށ. ފޯކައިދޫ މަރާމް ހަދާޔާ ބިންތު މުޙައްމަދު ހޯދާފައިވާއިރު އެ ޢުމުރު ފުރާއިން 3ވަނަ ހޯދާފައިވަނީ ށ.ފޯކައިދޫ ގްރީންލޮޖް އަމީރާ ބިންތު ވަލީދެވެ. 9 އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ގޮފިން 2ވަނަ ހޯދާފައިވަނީ ށ. ފޯކައިދޫ މަރާމް އާޔާ ބިންތު މުޙައްމަދެވެ. 3ވަނަ  ހޯދާފައިވަނީ ށ. ކަނޑިތީމު ކަނީރުމާގޭ ޢާއިޝަތު ޝާޔާން ސުހައިލް އެވެ. 11 އަހަރުންދަށުގެ ނުބަލައި ކިޔެވުމުގެ ގޮފިން 1ވަނަ ށ. މިލަންދޫ ނޫއަލި ޢާއިޝަތު ޝަބާ ހާޞިލުކޮށްފައިވާއިރު އެ ޢުމުރުފުރާއިން 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.ފުނަދޫ ލަކީސްޓަރ ޢާއިޝަތު ނަޢުމާއެވެ. 16 އަހަރުން ދަށުގެ ޢުމުރުފުރާއިން ނުބަލައި ކިޔެވުމުގެ ގޮފިން 1ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ ވިލާސް ޢާއިޝަތު އިސްމާއެވެ. 2ވަނަ ށ. ކަނޑިތީމު ވައިމަތީގޭ އަޒްލީލާ އިބްރާހީމް ރަޝީދު ހޯދާފައިވާއިރު 3ވަނަ ހާޞިލުކޮށްފައިވަނީ ށ. މިލަންދޫ ހުވާސް ޢާއިޝަތު ޠޫލާ އަންވަރެވެ.

9 އަހަރުން ދަށް ބަލައިގެން ކިޔެވުމުގެ ގޮފިން 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.ފޭދޫ މީނާޒު މުޙައްމަދު އަހުލަމް ސަޢީދުއެވެ. 11 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 2ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ ސަންޝައިން ޢާމިނަތު ރައިސާ ރަޝީދު އެވެ. 3ވަނަ ޙާޞިލުކޮށްފައިވަނީ ށ. ބިލެތްފަހީ ލަކީ މުޙައްމަދު ޔައީޝް އެވެ. 13 އަހަރުން ދަށް ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ ށ. ކަނޑިތީމު ޝަބްނަމީވިލަ މައިޝަން މުޙައްމަދު ރަޝީދު ހާޞިލުކޮށްފައިވާއިރު 2ވަނަ ޙާޞިލުކޮށްފައިވަނީ ށ. ފީވަކު ޙާސިލް އާމިނަތު ނޫރުއެވެ. 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.ފުނަދޫ ހިރިޔާ ޢާއިޝަތު އިނާން ރަމްޒީ އާއި، ށ. ކަނޑިތީމު ދިލްޝާދުގޭ ޖިލާ ޝަމީމުއެވެ. 16 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ ށ. ކޮމަންޑޫ ރަބީޢުގޭ ޢާއިޝަތު އަފްނާން ޝަރީފް ހޯދާފައިވާއިރު 2ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ މީނާޒުހައުސް މުޙައްމަދު ހަނޫން ރަޝީދެވެ. 3ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ ޓީމުގައި ހިމެނޭ ށ. ފުނަދޫ ހެޕީލާލު މުޙައްމަދު ފަރާޒުއެވެ. 19 އަހަރުން ދަށުގެ ޢުމުރުފުރާއިން 2ވަނަ ޙާޞިލުކޮށްފައިވަނީ ށ. ފުނަދޫ ނިއުމޫން ދަޙްލާން މުޙައްމަދު ރިޟާއެވެ. 3ވަނަ ޙާޞިލުކޮށްފައިވަނީ ށ. ކޮމަންޑޫ އައްސޭރި ފާޠިމަތު ޔަމާނީއެވެ.

މުޅިމުބާރާތުން 1ވަނަ ޓީމަކަށް މިލަންދޫ ކައުންސިލްގެ ޓީމު ހޮވިފައިވާއިރު މި މުބާރާތުގެ 2ވަނަ ހޯދާފައިވަނީ ށ.ކނަޑިތީމު ކައުންސިލް އިދާރާގެ ޓީމެވެ.  އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.ފީވަކު ކައުންސިލް އިދާރާގެ ޓީމެވެ.