މިއަހަރުގެ ވިޔަވަތި ޤުރުއާން މުބާރާތް ބޭއްވުމުގެ ހުރިހާ ތައްޔާރީތަކެއް ނިމިއްޖެއެވެ.
މިރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ރަށުކައުންސިލްތަކުގެ ޓީމުތައް ކޮމަންޑުއަށް މިހާރުވަނީ ބަނދަރުކުރަން ފަށާފައެވެ.
މި މުބާރާތުގައި 10 ކައުންސިލަކުން ވާދަކުރުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި 92 ބައިވެރިން ކިޔެވުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ށ.އަތޮޅު ރަށުކައުންސިލްތަކަށް ހުޅުވާލައިގެން ށ.އަތޮޅު ކައުންސިލްގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު އަތޮޅުކައުންސިލާއި، ރަށުކައުންސިލްތަކާ ގުޅިގެން އަތޮޅު ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތް މިއަހަރު ށ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތާ ގުޅިގެން ކޮމަންޑޫގައި ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާފައިވަނީ ށ.ކޮމަންޑޫ ކައުންސިލް އިދާރާއިންނެވެ.