އެއްގަމު ލައިސަންސް ފޮތް ކާޑަށް ބަދަލުކުރުމުގެ އިމްތިޙާން ފުނަދޫގައި ބާއްވައިފި


                  ށ. ފުނަދޫ ދާއިރާގެ ރަށްތަކަށް އަމާޒުކޮށްގެން  ފުނަދޫގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ޒޯން ލައިސަންސް ފޮތް، އެއްގަމމު އުޅަނދު ދުއްވުމުގެ އޭ ޒޯނުގެ ލައިސަންސް ކާޑަށް ބަދަލުކުރުމަށް ބާއްވާ އޯރަލް ޓެސްޓް ދިނުމުގެ ޕްރޮގްރާމު މިރޭ ފުނަދޫގައި ބާއްވައިފިއެވެ.

                 މިރޭ 9:00 އިން 11:00 އަށް ފުނަދޫ ސްކޫލުގައި ކުރިޔަށްގެންދެވުނު ސެޝަންގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީޢު، އޯރަލްޓެސްޓްގައި ބައިވެރިވި އެންމެހާ ބައިވެރިންނަށް ކަމާގުޅޭ މަޢުލޫމާތު ހިއްސާކުރައްވައި،ބައިވެރިންނާ ސުވާލުކުރައްވައި، ބައިވެރިންގެ ސުވާލުތަކަށް ތަފްޞީލުކޮށް ޖަވާބުދެއްވިއެވެ.

                މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއާއި، ށ.އަތޮޅުކައުންސިލާއި، ފުނަދޫ ކައުންސިލް ގުޅިގެން ކުރިޔަށްގެންދެވުނު މި އިމްތިޙާނުގައި ފުނަދޫ އާއި، ޅައިމަގުން ޖުމުލަ 125 މީހުން ބައިވެރިވެފައިވެއެވެ.