އަތޮޅުވެހި މަރާމާތު އައިޓަމަށް ފައިސާ އިތުރުކުރުން


    ކައުންސިލްގެ ނިންމުން

ނަންބަރ: 227-2017/52  (N)

  • ހުށަހެޅުން: އަތޮޅުވެހި މަރާމާތަށް ފައިސާ އިތުރުކުރުމާބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން އަތޮޅުގޭ ގަރާޖު ހެދުމަށް ބޭނުންވާ ފައިސާ 2018ވަނަ އަހަރުގެ އެ މިނިސްޓްރީގެ ބަޖެޓުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ، މިއަހަރު ކައުންސިލްގެ ބަޖެޓުގައި ގަރާޖުހެދުމަށް ހިމަނާފައިވާ 165,000.00 ރުފިޔާ، އަތޮޅުވެހި މަރާމާތުކުރުމުގެ އައިޓަމަށް ބަދަލުކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2017 އޮކްޓޯބަރ 10ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 17ވަނަ ޢާއްމު ޖަލްސާއިންނެވެ.

10 އޮކްޓޯބަރ 2017