ފަރުނީޗަރ ގަނެދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ


އިޢުލާން

ނަންބަރު: (IUL)227-ID/227/2017/20 

ށ. އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ފަރުނީޗަރ ގަނެދޭނެ ފަރާތެއް ހޯދުން

                                     މިއިދާރާއަށް ބޭނުންވާ ފަރުނީޗަރު ގަނެދޭނެ ފަރާތެއް ހޯދުމަށް ކުރި   ނަންބަރު  (IUL)227-ID/227/2017/19 (18 ސެޕްޓެމްބަރ 2017) އިޢުލާނާއި  ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު  ހުޅުވާލަމެވެ.

 

#

ގަންނަންބޭނުންވާ ތަކެތި ބޭނުންވާ ޢަދަދު
1 އޮފީސް ގޮނޑި (ލޯބެކް) 21
2 ކޯނަރ ސޯފާ ސެޓް (4 ސީޓްގެ)

02

 

                                        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 އޮކްޓޯބަރ 09ވާ ހޯމަ ދުވަހުގެ 13:00އަށް މިއިދާރާއަށް ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޯބަރ 19ވާ ބުރަސްފަތި ދުވަހުގެ 13:00 ގައި މިއިދާރާއަށް ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން  އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                                         މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އެކަންޏެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 6540025 ،6540038 ނަންބަރަށް ގުޅުއްވުން އެދެމެވެ.

                                         12  މުޙައްރަމް  1439

                                         02 އޮކްޓޯބަރ  2017