ށ.އަތޮޅު ކައުންސިލްގެ 3ވަނަ ދައުރުގެ 14ވަނަ ޢާއްމު ޖަލްސާގެ ދަޢުވަތު


ތަން: ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ތާރީޚާއި ގަޑި:    19 ސެޕްޓެމްބަރ2017،  އަންގާރަ – ހެނދުނު 10:00

އެޖެންޑާ

  1. ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން
  2. ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން 
  1. ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
    • އަތޮޅުގެ ސްޓޭޓް ހައުސްގެ ގޮތުގައި ހިންގުމުގެ އެމް.އޯ.ޔޫގައި ސޮއިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
    • ކައުންސިލްގެ އަހަރީ ބަޖެޓްގައި ހިމެނިފައިވާ ޕްރޮގްރާމްތައް ހިންގުން ހަރުދަނާ ކުރުމާބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
    • އެލް.ޖީ.އޭ އިން ފޮނުވާފައިވާ ކައުންސިލަށް ލަފާދޭ ކޮމިޓީ އުފެއްދުމުގެ އުޞޫލާ ބެހޭގޮތުން މަޝްވަރާކުރުން.
    • އެލް.ޖީ.އޭއިން ފޮނުވާފައިވާ ކައުންސިލަރުންގެ ޗުއްޓީގެ އުޞޫލާބެހޭގޮތުން މަޝްވަރާކުރުން.
    • އެލް.ޖީ.އޭއިން ފޮނުވާފައިވާ ކައުންސިލަރުންގެ މުސާރައިން އުނިކުރުމާގުޅޭ އުޞޫލާ ގުޅޭގޮތުން މަޝްވަރާކުރުން.
    • އެލް.ޖީ.އޭއިން ފޮނުވާފައިވާ ނަންބަރު 221-LS/2017/164 ސިޓީގައިވާ ކައުންސިލަރުން އޮފީހަށް ޙާޟިރުވުމާބެހޭ ގޮތުން މަޝްވަރާކުރުން.
    • ވިޔަވަތި ޤުރްއާން މުބާރާތް 2017 ގެ ޤަވާއިދުގެ ދެލިކޮޕީއަށް ކޮމެންޓަށް އެދި ރަށުކައުންސިލްތަކަށް ހުޅުވާލެވުނު މުއްދަތު ހަމަވުމުން، ވިޔަވަތި ޤުރްއާން މުބާރާތުގެ ޤަވާޢިދު އިޞްލާޙްކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  1. ކައުންސިލަރުން ހުށައަޅުއްވާ ކަންކަން 
  1. އިދާރީ މައްސަލަތައް

5.1 މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 3ވަނަ ދައުރުގެ 13 ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

  1. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން

  ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިއަށް ގެންދާނީއެވެ.

              17 ސެޕްޓެމްބަރ  2017