ފޯނު އަލަވަންސް ދޭ މުވައްޒަފުންގެ ލިސްޓު ފާސްކުރުން – ނިންމުން ނަންބަރު 42/2017


`

 މިލަދުންމަޑުލުއުތުރުބުރީ އަތޮޅުކައުންސިލް އިދާރާ

ފުނަދޫ، ދިވެހިރާއްޖެ.

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: ށ.އަތޮޅުކައުންސިލްގެ ދެވަނަ ދައުރުގެ 87ވަނަ ޢާއްމު ޖަލްސާއިން ފޯނު އެލަވަންސް ދިނުމަށް ކަނޑައެޅުނު މުވައްޒަފުންގެ ލިސްޓް މުރާޖަޢާކޮށް އަލުން ހުށަހަޅުއްވާފައިވާ ލިސްޓާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
  • ހުށަހެޅުން ފޮނުވި ފަރާތް:  ހިއުމަން ރިސޯސް، ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

އިދާރީ ބައިން ހުށަހަޅުއްވާފައިވާ “ފޯން އެލަވަންސް ދިނުމަށް އެދޭ މުވައްޒަފުންގެ ލިސްޓު”ގެ 1ވަނަ ނަންބަރު ގައިވާ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޙަމީދަށް ފޯނު އެލަވަންސްގެ ގޮތުގައި މަހަކަށް ދިނުމަށް ކަނޑައެޅިފައިވާ 500.00 ރުފިޔާގެ ތެރެއިން 100.00 ރުފިޔާ އުނިކޮށް އެލަވަންސް ކަނޑައަޅައި، ކައުންސިލް ބިއުރޯގެ މުވައްޒަފަށް 100.00 ރުފިޔާގެ ފޯނު އެލަވަންސް ދިނުމަށް ކަނޑައަޅައި ލިސްޓު އިޞްލާޙްކޮށް ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2017 އޯގަސްޓް 22 ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 12ވަނަ ޢާއްމު ޖަލްސާއިންނެވެ.

22 އޯގަސްޓް 2017