މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


ދިވެހިރާއްޖޭގެ 58ވަނަ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ށ.އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.

ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙާއި، ޖޯޝް އުފައްދައި އާލާކުރުމާއި، ޤައުމީ މުނާސަބަތުތައް ފާހަގަކުރުމުގައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ އާދަ ހަރުލެއްވުމާމަޤުޞަދުގައި ބޭއްވުނު މި ރަސްމިއްޔާތު ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން ފަށްޓަވައި ދެއްވީ އަލްޤާރީ އިބްރާހީމް މުޙައްމަދެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ރަސްމިއްޔާތުގައި ބައިވެރިވި އެންމެހާ ޙާޟިރީން  ބައިވެރިވާ ޤައުމީ ސަލާމްކިއުމުންނެވެ.

ށ.ފުނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ކުރިޔަށްގެންދެވުނު މި ރަސްމިއްޔާތުގައި ށ.އަތޮޅު ކައުންސިލުގެ ފަރާތުން ދިވެހި އެންމެހާ ރައްޔިތުންނަށާއި، ރަސްމިއްޔާތުގެ އެންމެހާ ޙާޟިރީންނަށް ދިވެހިރާއްޖޭގެ 58ވަނަ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ ދަންނަވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމާއި، ބޭންކް އޮފް މޯލްޑިވްސް އާއި، ފެނަކަ ކޯޕަރޭޝަން ފުނަދޫ ބްރާންޗާއި، ށ.ފުނަދޫ ސްކޫލާއި، ށ.ފުނަދޫ އަތޮޅުހޮސްޕިޓަލުގެ އިސްވެރިންނާއި، ށ.ފުނަދޫ އަތޮޅުހޮސްޕިޓަލާއި، ފުނަދޫ ޗިލްޑްރަންސް ސަރވިސް ސެންޓަރާއި، ފުނަދޫ ސްކޫލާއި، ފެނަކަ ކޯޕަރޭޝަން ފުނަދޫ ބްރާންޗާއި، ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗާއި، ށ.އަތޮޅުކައުންސިލާއި، ފުނަދޫ ކައުންސިލުގެ މުވައްޒަފުންނާއި، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ބައިވެރިވެލެއްވިއެވެ.