`
މިލަދުންމަޑުލުއުތުރުބުރީ އަތޮޅުކައުންސިލް އިދާރާ
ފުނަދޫ، ދިވެހިރާއްޖެ.
ކައުންސިލްގެ ނިންމުން 2017/43- (N)
ހުށަހެޅުން: ށ.އަތޮޅުކައުންސިލް އިދާރާގެ ސާވާރ އަށް ތަފާތު މައްސަލަތައް ޖެހެމުންދާތީ، މިޒަމާނަށް ފެތޭ އައު ސާވަރ އަކާއި، އެއަށް ބޭނުންވާ ޔޫޕީއެސް އެއް ހޯދުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ށ.އަތޮޅުކައުންސިލްގެ ސާވަރ އަށް ތަފާތު މައްސަލަތައް ޖެހެމުންދާތީ، ކައުންސިލްގެ ސަޕްލިމެންޓްރީ ބަޖެޓުގައި “ސްކޫލުތަކުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށް އިނާމު ހުށަހެޅުން” މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ 90,000.00 ރުފިޔާގެ ތެރެއިން 30,000.00 ރުފިޔާ، ސާވަރ އަޕްޑޭޓްކުރުމުގެ ޕްރޮޖެކްޓަށް ބަދަލުކޮށް ސަރވާއެއް ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2017 އޯގަސްޓް 22 ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 12ވަނަ ޢާއްމު ޖަލްސާއިންނެވެ.
22 އޯގަސްޓް 2017