ބެޑްމިންޓަން ކޯޓު މަރާމާތުކުރުމުގެ ބޮޑުބައެއް ނިމިއްޖެ.


ށ.އަތޮޅު ކައުންސިލުގެ ބެޑްމިންޓަންކޯޓު މަރާމާތުގެ %75  މަސައްކަތް އިއްޔެގެ ނިޔަލަށް ނިމިއްޖެއެވެ.

ކޯޓް މަރާމާތުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ދައު ދެމުމަށްޓަކައި ދަގަނޑު ހޮޅިން ވަށައިގެން އޮނިގަނޑެއް ހަދައި  ކޯޓުގެ ކުރީގެ ތަޅުންގަނޑުތަޅައި އަލުން ތަޅުން އަޅައި ނިންމާލުމުގެ އިތުރުން ދައު ދެމުމަށްޓަކައި ދައުތައް ގުޅުވައި ވަނީ މުޅިން ނިންމާލެވިފައެވެ. އަދި މިހާރު ކުރަމުންދަނީ ދައު ދެމުމުގެ މަސައްކަތެވެ.

ށ.އަތޮޅު ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން، އެ އިދާރާގެ މުވައްޒަފުން ކުރަމުންދާ މި މަސައްކަތް ރާވާފައިވާ ގޮތަށް ކުރިޔަށްދާނަމަ މިއަންނަ ހަފުތާ ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.