- ހުށަހެޅުން: ނަފާވެހި ޕްރޮގްރާމަށް ނެގުމަށް ބަޖެޓްކުރެވިފައިވާ މުވައްޒަފު ނެގުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
ނަފާވެހި ޕްރޮގްރާމުގެ ހައުސްކީޕަރގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާންކުރުމަށް ފާސްކޮށް، މި މަޤާމުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޓްރެކް ސަރަހައްދު ސާފުކޮށް ބެލެހެއްޓުން ހިމަނައިގެން ކުރިޔަށް ގެންދިއުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2017 ޖުލައި 18ވަނަ ދުވަހުގެ ހެނދުނު 10:00ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 7ވަނަ ޢާއްމު ޖަލްސާއިންނެވެ.
18 ޖުލައި 2017