ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުގެ 5ވަނަ ބްލޮކް ފެށިއްޖެ.


ށ.އަތޮޅު ކައުންސިލާއި، އެވިޑް ކޮލެޖް ގުޅިގެން 2016ވަނަ އަހަރު ޖުލައި މަހު ފެށުނު ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުގެ 5ވަނަ ބްލޮކް 2017 ޖުލައި 17ވަނަ ދުވަހުގެ ރޭ ފެށިއްޖެއެވެ.

ށ.އަތޮޅުގެ މުވައްޒަފުންނަށް އަމާޒުކުރެވިގެން ކުރިއަށްގެންދެވޭ މި ކޯހަކީ 1 އަހަރުގެ މުއްދަތަށް ރޭވިގެން ބްލޮކްމޯޑަށް ކިޔެވުން ކުރިޔަށް ގެންދެވޭ ކޯހެކެވެ. އެގޮތުން މިހާރު ފެށި ކުރިޔަށްދާނީ މި ކޯހުގެ ފަހު ބްލޮކެވެ. މި ބްލޮކުގައި ކިޔަވައިދެވޭ ދެ މޮޑިއުލް އިމްތިޙާނު އަންނަ އޯގަސްޓް މަހަށް ވަނީ ތާވަލުކުރެވިފައެވެ. ރޭވިފައިވާ ގޮތަށް ކުރިޔަށް ދާނަމަ މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި މި ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދޫކުރެވޭނެ ކަމަށް އެވިޑް ކޮލެޖާ ޙަވާލާދީ ށ.އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.