ށ.އަތޮޅު ކައުންސިލްގެ ބެޑްމިންޓަން ކޯޓު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ކޯޓުގެ ތަޅުންގަނޑު ތަޅައި އަޅުން އެޅުމުގެ މަސައްކަތް އިއްޔެ މުވައްޒަފުން ކޮށްފިއެވެ.
25 ފޫޓު 45 ފޫޓުގެ މި މިކޯޓުގައި ތަޅުން އަޅުމުގެ މަސައްކަތް ފިރިހެން މުވައްޒަފުން ކޮށްފައިވާއިރު އެ މަސައްކަތް ހިނގަމުން ދިޔަ ވަގުތު އަންހެން މުވައްޒަފުން ކެއުމާއި، ސައި ދިނުމުގެ މަސައްކަތް ކޮށްފައިވެއެވެ.
ބެޑްމިންޓަން ކޯޓު މަރާމާތުކުރުމުގެ މަސައްކަތަކީ ށ.އަތޮޅު ކައުންސިލުގެ 2017ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން މުވައްޒަފުން ކުރާ ގޮތަށް ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ. 2017 މާޗް މަހުން ފެށިގެން ކުރިޔަށްގެންދާ މި މަސައްކަތުގެ ތެރެއިން ކޯޓުގެ ވަށައިގެންނާއި، މަތީގައި ދައު ދެމުމަށްޓަކައި ދަގަނޑުން ހެދިފައިވާ ގޭގެ އޮނިގަނޑު ވެލްޑިންކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.