މުވައްޒަފުންނާ ބައްދަލުކުރައްވައިފި


ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް މިއަދު އެ އިދާރާގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

 

މިއަދު 13:00 ގައި ށ.އަތޮޅުކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މި ބައްދަލުވުމުގައި  މި ދައުރަށް އެކުލަވާލާފައިވާ އިދާރީ ކޮމިޓީތަކުގެ މަސައްކަތްތަކާއި، އެ ކޮމިޓީތަކުގެ މެންބަރުންގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މިހާރު އެންމެ އަވަހަށް ކުރަން ހުރި ކަންތައްތަކުގެ މަޢުލޫމާތު ވެސް މުވައްޒަފުންނާ ހިއްސާކުރެއްވިއެވެ. އަދި ކުރީ ކައުންސިލްތައް ފަދައިން މިކައުންސިލަށްވެސް އެއްބާރުލުން ދީގެން މަސައްކަތްތައް ކުރިޔަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

 

ކައުންސިލްގެ އިދާރީ އުޞޫލުތަކުގައިވާ ގޮތުގެމަތީން ބޭއްވުނު މުވައްޒަފުންނާ ބައްދަލުކުރުމުގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ކައުންސިލް ނާއިބުރައީސް ޢަބްދުﷲ ނާހިދުއާއި، ކައުންސިލަރ ސައުދުﷲ ޢުޘްމާން އާއި، ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.