ކައުންސިލްގެ ނިންމުން 2017/29


  • ހުށަހެޅުން: ބޭންކް އެކައުންޓް އޮޕްރޭޓްކުރުމާ ގުޅޭގޮތުން ކައުންސިލުން ފާސްކޮށްފައިވާ ޤަރާރު ނަންބަރު 227(Q)-2017/01 (14 ފެބްރުއަރީ 2014) ބާޠިލުކޮށް އަލުން ބޭންކް އެކައުންޓް އޮޕަރޭޓްކުރުމާ ގުޅޭ ޤަރާރު ފާސްކުރުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ބޭންކް އެކައުންޓް އޮޕްރޭޓްކުރުމާ ގުޅޭގޮތުން ކައުންސިލުން ފާސްކޮށްފައިވާ ޤަރާރު ނަންބަރު 227(Q)-2017/01 (14 ފެބްރުއަރީ 2014)  ބާޠިލުކުރުމަށް ނިންމައި، މިކައުންސިލްގެ ފަރާތުން ޗެކު ނުވަތަ ފައިސާއަށް ބަދަލުކުރެވޭ  ގޮތުގައި ގެންގުޅޭ އެހެން ލިއުންތަކާއި، ފައިސާ ހޯދުމަށް އެދޭ އެދުންތަކުގައި ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް އާއި، ނާއިބުރައީސް ޢަބްދުﷲ ނާހިދު އާއި، ކައުންސިލަރ އަޙްމަދު ފާއިޒު އާއި، ކައުންސިލަރ ސަޢުދުﷲ ޢުޘްމާނު އާއި، ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޙަމީދު  އަދި ޑިރެކްޓަރ ޢަބްދުލްޖަލީލު އިބްރާހީމް ސޮއިކުރުމަށް ކަނޑައަޅަން ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2017 ޖޫން 14ވަނަ ދުވަހުގެ 21:45ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ ތިންވަނަ ދައުރުގެ 4ވަނ ޢާއްމު ޖަލްސާއިންނެވެ.

14 ޖޫން 2017