ތަން: ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ތާރީޚާއި ގަޑި: 13 ޖޫން 2017، އަންގާރަ – ހެނދުނު 11:00
އެޖެންޑާ
- ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން
- ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
- ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
- 2017 ވަނަ އަހަރަށް އެކުލަވާލާފައިވާ ކައުންސިލުގެ ވިޔަފާރި ކުރުމާއި ޚިދުމަތް ދިނުމުގެ އިދާރީ އުސޫލުތަކާމެދު މަޝްވަރާކޮށް ފާސްކުރުން.
- ކައުންސިލުން ހިންގާ ވިޔަފާރިތަކަށް މެނޭޖަރުންގެ ގޮތުގައި ރައީސް ހުށަހަޅުއްވާފައިވާ ނަންތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ރިވިއުކޮށް ކައުންސިލަށް ހުށަހަޅުއްވާފައިވާ ފާމަސިސްޓްގެ މުސާރައިގެ އޮނިގަނޑާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުމަށް ދާއިމީ ކޮމިޓީތައް އެފެއްދުމާއި ބެހޭގޮތުން ހުށަހަޅާ މައްސަލައާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- 2017 ވަނަ އަހަރަށް އިސްލާޙް ގެނެވިފައިވާ ކައުންސިލަރުން އަތޮޅުކައުންސިލްގެ އެކަމަޑޭޝަން ބްލޮކް ބޭނުންކުރުމުގެ އުޞޫލާމެދު މަޝްވަރާކޮށް ފާސްކުރުން.
- ވިޔަވަތި ލޯންޗްގެ ހަލާކުވެފައިވާ އިންޖީނު މަރާމާތު ކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ކައުންސިލަރުން ހުށައަޅުއްވާ ކަންކަން
- އިދާރީ މައްސަލަތައް
- ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން
ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިއަށް ގެންދާނީއެވެ.
11 ޖޫން 2017