ތިންވަނަ ދައުރުގެ ރައީސް އާއި، ނައިބުރައީސް އިންތިޚާބު ކޮށްފި


މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސް އާއި، ނައިބުރައީސް ރޭ އިންތިޚާބުކޮށްފިއެވެ.

 

އެ ކައުންސިލްގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ 5ވަނަ ދަންފަޅީގައި ރައީސަކު އިންތިޚާބުކުރުމަށް ބޭއްވުނު ވޯޓް ކާމިޔާބު ކުރައްވައިގެން ށ.އަތޮޅުކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސަކަށް ހޮވިފައިވަނީ ށ. ކަނޑިތީމު ދާއިރާގެ އަތޮޅުކައުންސިލް މެންބަރު ކަނޑިތީމު ރަތްވިލާގޭ މުޙައްމަދު ޢާރިފް އެވެ. އަދި ނައިބު ރައީސަކަށް އިންތިޚާބު ވެފައިވަނީ ށ.ކޮމަންޑޫ ދާއިރާގެ އަތޮޅުކައުންސިލް މެންބަރު ފޯކައިދޫ ތަނޑިރަތްމާގޭ ޢަބްދުﷲ ނާހިދުއެވެ.