3 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރައްވައިފި


ށ. އަތޮޅު ކައުންސިލްގެ 3 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލް މެމްބަރުން މަޤާމުގެ ހުވައި ކުރައްވައިފިއެވެ.

އަތޮޅު ކައުންސިލަރުން ހުވާކުރެއްވީ ށ ފުނަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގައި މިރޭ (06 ޖޫން 2017 ) 21:30ގައި ބޭއްވުނު ހުވާކުރުމުގެ ދަރުބާރުގައެވެ. ހުވާ ލައިދެއްވީ ށ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު އިސްމާޢީލްއެވެ. ހުވައި ކުރެއްވުމަށްފަހު ހުރިހާ މެމްބަރުން ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

މިރަސްމިއްޔާތު ނިމުނީ ގައުމީ ސަލާމުންނެވެ.

ށ އަތޮޅު ކައުންސިލްގެ 3 ވަނަ ދައުރަށް އިންތިޚާބު ކުރެވި އަދި މިރޭ ހުވައިކުރެއްވި މެމްބަރުންނަކީ

ށ ކަނޑިތީމު ދާއިރާއިން މުޙައްމަދު އާރިފް

ށ ކޮމަންޑޫ ދާއިރާއިން އަބްދުﷲ ނާހިދު

ށ ފުނަދޫ ދާއިރާއިން އަޙްމަދު ފާއިޒު

ށ މިލަންދޫ ދާއިރާއިން ސައުދުﷲ އުސްމާން