ޑްރައިވިންގ ޓްރެކް ސަރަހައްދުގައި ކާޕެޓް އިންދައިފި


އެއްގަމު ލައިސަންސްގެ ދުއްވުމުގެ ޓެސްޓު ބާއްވާ ޑްރައިވިންގ ޓްރެކް ސަރަހައްދުގައި ހުރި ޕާކުތަކުގައި އިއްޔެ ކާޕެޓް ވިނަ އިންދައިފިއެވެ.

ހަވީރު 4:00 އިން 18:15 އަށް ކުރެވުނު މި މަސައްކަތުގައި އެ ސަރަހައްދުގައިވާ 4 ޕާކުގައި ކާޕެޓް ވިނަ އިންދައި ވަނީ ނިންމާފައެވެ.

އަތޮޅު ކައުންސިލްގެ އިދާރީ އެކި ފަންތިތަކުގެ  ފިރިހެން މުވައްޒަފުން ބައިވެރިވި މި މަސައްކަތުގައި ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފްވެސް ވަނީ ބައިވެރިވެލައްވާފައެވެ.