ށ.އަތޮޅު ކައުންސިލް މުވައްޒަފުން މިއަދު ހަވީރު މާހެފުމެއް ބާއްވައިފިއެވެ.
ށ.އަތޮޅު ކައުންސިލްގެ އިދާރާގެ އިދާރީ މުވައްޒަފުންނާއި، ކައުންސިލަރުންގެ އިތުރުން ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް ބައިވެރިވެ ވަޑައިގެން މި ހަފުލާގައި ށ.އަތޮޅު އޮފީހާއި، އަތޮޅު ކައުންސިލުގައި އުޅުއްވައި، ވަކިވެގެން ގޮސްފައިވާ މުވައްޒަފުން ބައިވެރިވިއެވެ.
މި ހަފުލާއަކީ 1438ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުޙަބާ ކިޔުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި މުވައްޒަފުންގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން ބޭއްވުނު ހަފުލާއެކެވެ.