ށ. ކައުންސިލްގެ ގޯތިތައް ރަމަޟާން މަހަށް ސާފުކުރަނީ


ށ.އަތޮޅު ކައުންސިލްގެ އަންހެން މުވައްޒަފުން އިސްނަގައިގެން އެ ކައުންސިލުގެ ނަމުގައި ހުރި ގޯތިތައް ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިޔަށްގެންދާ މި ޕްރޮގްރާމުގެ ދަށުން އަތޮޅުކައުންސިލް އިދާރާގެ ގޯތި އިއްޔެ ހަވީރު ވަނީ ސާފުކޮށް ނިންމާފައެވެ.  މިއަދާއި، މާދަމާ އަތޮޅުގޭ ގޯއްޗާއި، އަތޮޅުވެހީގެ ގޯތި ސާފުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުކައުންސިލްގެ ގޯތިތައް ސާފުކުރުމަކީ ކޮންމެ އަހަރެއްގެ  ރަމަޟާން މަހަކާ ދިމާކޮށް ށ.އަތޮޅުކައުންސިލް އިދާރާގެ އިދާރީ އަންހެން މުވައްޒަފުން އިސްނަގައިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.