ކައުންސިލްގެ ނިންމުން 2017/18


  • ހުށަހެޅުން: މަގޭސާފު ފުނަދޫ ޕްރޮގްރާމުގެ އަގަށް ބަދަލުގެނައުމާ ބެހޭގޮތުން ފުނަދޫ ކައުންސިލް އިދާރާއިން ފޮނުވާފައިވާ ނަންބަރު 283-PS/283/2017/2 (15 ފެބްރުއަރީ 2017) ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

“މަގޭ ސާފު ފުނަދޫ” ޕްރޮގްރާމުގެ ދަށުން ކުނިއުކާލުމުގެ އަގު މާބޮޑުކޮށްފައިވާތީ، އިދާރީ ބަޖެޓުގައި ހިމެނިފައިވާ ޢަދަދަށް ކޮށްދޭތޯ ށ.ފުނަދޫ ކައުންސިލާ މަޝްވަރާކުރުމަށާއި، އެ ޢަދަދަށް ކޮށްދެވެންނެތްނަމަ  މިހާރު އޮތް އަގަށްވުރެ %30 ބޮޑުނުވާ ގޮތަކަށް ޢަދަދު ހަމަޖައްސައިގެން ކުރިޔަށްގެންދިއުމަށާއި، އެއަށްވުރެ ބޮޑުވާނަމަ ކައުންސިލަށް އެންމެ ޚަރަދުކުޑަވާ ގޮތެއް ހޯދައިގެން ކުރިޔަށްގެންދިއުމަށް ފެންނަކަމަށް މިކައުންސިލްގެ ދެވަނަ ދައުރުގެ 155ވަނަ ޢާއްމު ޖަލްސާއިން ނިންމައިފީމެވެ.