- ހުށަހެޅުން: މަގޭސާފު ފުނަދޫ ޕްރޮގްރާމުގެ އަގަށް ބަދަލުގެނައުމާ ބެހޭގޮތުން ފުނަދޫ ކައުންސިލް އިދާރާއިން ފޮނުވާފައިވާ ނަންބަރު 283-PS/283/2017/2 (15 ފެބްރުއަރީ 2017) ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުން
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
- ނިމުނުގޮތް:
“މަގޭ ސާފު ފުނަދޫ” ޕްރޮގްރާމުގެ ދަށުން ކުނިއުކާލުމުގެ އަގު މާބޮޑުކޮށްފައިވާތީ، އިދާރީ ބަޖެޓުގައި ހިމެނިފައިވާ ޢަދަދަށް ކޮށްދޭތޯ ށ.ފުނަދޫ ކައުންސިލާ މަޝްވަރާކުރުމަށާއި، އެ ޢަދަދަށް ކޮށްދެވެންނެތްނަމަ މިހާރު އޮތް އަގަށްވުރެ %30 ބޮޑުނުވާ ގޮތަކަށް ޢަދަދު ހަމަޖައްސައިގެން ކުރިޔަށްގެންދިއުމަށާއި، އެއަށްވުރެ ބޮޑުވާނަމަ ކައުންސިލަށް އެންމެ ޚަރަދުކުޑަވާ ގޮތެއް ހޯދައިގެން ކުރިޔަށްގެންދިއުމަށް ފެންނަކަމަށް މިކައުންސިލްގެ ދެވަނަ ދައުރުގެ 155ވަނަ ޢާއްމު ޖަލްސާއިން ނިންމައިފީމެވެ.
21 ފެބްރުއަރީ 2017