ކައުންސިލްގެ ނިންމުން 2017/13


  • ހުށަހެޅުން: ށ.އަތޮޅު ކައުންސިލް އިދާރާގެ 1 މޮޓޯ ސައިކަލް މޮޑެލް ނަންބަރު DY100A ސިޓީލާ ނީލަމުގައި ވިއްކާލުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް  ނިންމުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލް އިދާރާ
  • ނިމުނުގޮތް:

ށ.އަތޮޅުކައުންސިލް އިދާރާގެ 1 މޮޓޯސައިކަލް، މޮޑެލް ނަންބަރު DY100A  ސައިކަލް ނީލަންކިއުމުގައި، ފުރަތަމަ އިޢުލާނުކުރާއިރު ފެށޭ އަގަކީ 2000.00 ރުފިޔާ ކަމަށާއި، އިތުރުކުރެވޭ އަގަކީ 100.00 ރުފިޔާ ކަމަށާއި، ދެވަނަ ފަހަރަށް އިޢުލާންކުރަން ޖެހިއްޖެނަމަ ފެށޭއަގު 1000.00 ރުފިޔާއަށް ދަށްކުރުމަށާއި، އިތުރުކުރެވޭ އަގަކީ 50.00 ރުފިޔާ ކަމަށާއި، ތިންވަނަ ފަހަރަށް އިޢުލާނުކުރަން ޖެހިއްޖެނަމަ ފެށޭއަގު 500.00 ރުފިޔާ އަށް ދަށްކުރުމަށާއި، އިތުރުކުރެވޭ އަގަކީ 50.00 ރުފިޔާ ކަމަށާއި، ޖެހިޖެހިގެން ރަސްމީ ތިން ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ނިންމާލުމަށާއި، މި 3 ގޮތަށް ނީލަން ކީނަމަވެސް ސައިކަލް އަލުން ރަޖިސްޓްރީ ކުރުމަށް ހިނގާ ޚަރަދާއި، މިހާރު ޖޫރިމަނާއެއްގެ ގޮތުގައި ފައިސާއެއް ހުރެއްޖެނަމަ އެފައިސާ އެއީ ނީލަމުގައި ސައިކަލް ނަގާފަރާތުން ދައްކަންޖެހޭ އެއްޗެއް ގޮތުގައި ހަމަޖައްސައިގެން ނީލަން ކުރިޔަށްގެންދިއުމަށް މިކައުންސިލްގެ ދެވަނަ ދައުރުގެ 153ވަނަ ޢާއްމު ޖަލްސާއިން ނިންމައިފީމެވެ.