- ހުށަހެޅުން: މަދަދު ލޯނު ޕްރޮގްރާމުގެ ދަށުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން އެއްގޮތަކަށްވެސް ލޯނު ނުދައްކާ ފަރާތްތަކާއި، މުއްދަތު ހަމަވިއިރު ލޯނު ނުނިމޭ ފަރާތްތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން
- ހުށަހެޅުން ފޮނުވި ފަރާތް: މަދަދު ލޯނު ޕްރޮގްރާމު ގެ ކޯޑިނޭޓަރ އާދަމް ސަޢީދު
ނިމުނުގޮތް:
މަދަދު ލޯނު ޕްރޮގްރާމުގެ ދަށުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން 2016 ޑިސެމްބަރ 31 ގެ ނިޔަލަށް ލޯނު ނުނިންމޭ ފަރާތްތަކުގެ ލޯނު އަދާކުރުމުގެ މުއްދަތު އިތުރުކުރުމުގެ އެއްބަސްވުން ކޮމިޓީ މަރުޙަލާގައި ގެނެވުނު އިޞްލާޙްތަކާ އެއްގޮތަށް ފާސްކުރުމަށް މިކައުންސިލްގެ ދެވަނަ ދައުރުގެ 151ވަނަ ޢާއްމު ޖަލްސާއިން ނިންމައިފީމެވެ.
26 ޖެނުއަރީ 2017