- ހުށަހެޅުން: މަދަދު ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން އެއްގޮތަކަށްވެސް ލޯނު ނުދައްކާ ފަރާތްތަކާއި، ޖޫރިމަނާވެފައިވާ ފަރާތްތަކާއި، މުއްދަތު ހަމަވިއިރު ލޯނު ނުނިމޭ ފަރާތްތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: މިލަދުންމަޑުލުއުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ނިމުނުގޮތް:
- 31 ޑިސެމްބަރ 2016 އަށް ލޯނު އަދާކޮށް ނުނިންމާ ފަރާތްތަކާއެކުގައި މުއްދަތު އިތުރުކުރުމުގެ އެއްބަސްވުމެއް އެކުލަވާލުން.
- 31 ޑިސެމްބަރ 2016ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ %80 މަޢާފުކޮށްދިނުން.
- 31 ޑިސެމްބަރ 2016ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ %20 އަށްވާ ޢަދަދާއި، ލޯނުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު އެއްކުރުމުން ލިބޭ ޖުމުލައިން ލޯނަށް ދެއްކި ފައިސާގެ ޖުމުލަ އާއި، ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާގެ ޖުމުލަ އުނިކުރުމުން ލިބޭ ޢަދަދު އެއީ ލޯނު ނެގިފަރާތުން ދައްކަންޖެހޭ ޢަދަދުގެ ގޮތުގައި ކަނޑައެޅުން.
- ނަންބަރު 3 ގައިވާ ގޮތުގެމަތީން ޢަދަދު ކަނޑައެޅުމުން ލިބޭ ޖުމުލަ މައިނަސްވާ ފަރާތްތައް އެއީ ލޯނު ޚަލާޞްކޮށްފައިވާ ފަރާތްތައް ކަމުގައި ކަނޑައެޅުން.
- ނަންބަރު 3 ގައިވާ ގޮތަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު 1 އަހަރުން ދައްކަން ބޭނުންވާ ފަރާތްތަކަށް 12 މަހަށް ބަހާލައިގެން ދެއްކުމަށާއި، 24 މަސްދުވަހުން ފައިސާ އަނބުރާ ދެއްކުމަށް އެދޭ ފަރާތްތަކުން އިދާރީ ފީގެ ގޮތުގައި %5 އިތުރުކޮށް 24 މަހުން އަދާކުރާގޮތަށް ހަމަޖެއްސުން
- މި ނިންމުންތަކާ އެއްގޮތަށް ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށް ކައުންސިލުން ފުރުޞަތު ހުޅުވާލާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭ އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ އެފަރާތްތަކުގެ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުން.
މަތީގައި ދެންނެވުނު ޕޮއިންޓްތަކަށް ޢަމަލުކުރުމަށް ފާސްކުރުމަށް މިކައުންސިލްގެ ދެވަނަ ދައުރުގެ 151ވަނަ ޢާއްމު ޖަލްސާއިން ނިންމައިފީމެވެ.
25 ޖެނުއަރީ 2017