- ހުށަހެޅުން: ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗް ހިންގާ މިލައުތުރު ކީސާގެ އެގްރިމެންޓް މުއްދަތު ހަމަވެފައިވާތީ، މުއްދަތު އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް
ނިމުނުގޮތް: ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަންބަރު BML/FACILITIES:2017/001 (02 ޖަނަވަރީ 2017) ސިޓީން، ބީ.އެމް.އެލް ފުނަދޫ ބްރާންޗް ހިންގުމަށް ދޫކޮށްފައިވާ “މިލައުތުރު ކީސާ” ޢިމާރާތުގެ އެގްރިމެންޓް އައުކުރުމަށް ހުށަހަޅުއްވާފައިވާތީ، މިލައުތުރުކީސާގެ މުއްދަތު 15 ޖެނުއަރީ 2017 އިން ފެށިގެން 2 އަހަރު ދުވަސް އިތުރުކުރުމަށާއި، މަހަކު 15000.00ރުފިޔާގެ ކުއްޔަށް ދޫކުރުމަށް މިކައުންސިލްގެ ދެވަނަ ދައުރުގެ 148ވަނަ ޢާއްމު ޖަލްސާއިން ނިންމައިފީމެވެ.
4 ޖެނުއަރީ 2017