ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރީގެ ށ.ފުނަދޫ އޮޑިޝަން ބާއްވާ ޓީމު އަތުވެއްޖެ


ޕީ.އެސް.އެމްގެ ޓެލެވިޜަން މޯލްޑިވްސް އިން ރަމަޟާން މަހު ތައްޔާރުކުރާ “ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރީ”ގެ ށ.ފުނަދޫގެ އޮޑިޝަން ބޭއްވުމަށްޓަކައި ޕީ.އެސް.އެމް.ގެ ޓީމު މިއަދު ހަވީރު 16:55 ގައި ފުނަދޫއަށް ޒިޔާރަތްކޮށްފިއެވެ.

މިޓީމަށް މަރުޙަބާ ދެންނެވުމަށް ށ.އަތޮޅުކައުންސިލާއި، ފުނަދޫ ކައުންސިލްގެ ކައުންސިލް މެންބަރުންނާއި، އިދާރީ އިސްވެރިންގެ އިތުރުން އެ އިދާރާތަކުގެ މުވައްޒަފުންނާއި، ޢާއްމުން ބައިވެރިވިއެވެ.

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ށ.ފުނަދޫ އޮޑިޝަންގެ ޖަޖެއްގެ ގޮތުގައި ޙަރަކާތްތެރިވާނީ އަލްއުސްތާޛު އިބްރާހީމް ޝިފާޢު އަދި އޮޑިޝަން ކުރިޔަށްގެންގޮސްދެއްވާނީ ޕްރޮޑިއުޝަރ މުޙައްމަދު ޝަނޫނެވެ.

ށ.އަތޮޅުކައުންސިލްގެ އަތޮޅުވެހި 2ގެ މަތީ ހޯލުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ށ. ފުނަދޫގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ 10:00 އިން ފެށިގެން އެދުވަހުގެ އިރުއޮއްސުމާ ހަމައަށެވެ. އަދި މި ގަޑީގައި އަންނަ ފަރާތްތަކަށް އޮޑިޝަންގައި ބައިވެރިވެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.