ޤުރުއާންކިޔެވުމުގެ 12 ވަނަ ޤައުމީ މުބާރާތް


                 އިޢުލާން

ނަންބަރު: IUL)227-GA/227/2017/13)

                 ޤުރުއާންކިޔެވުމުގެ 12 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރ 27 ގައި މާލޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގައި އަތޮޅުކައުންސިލްގެ ފަރާތުން ޓީމެއް ބައިވެރިކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

                ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2017 މެއި 11 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވާ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ އެޕްލިކޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށުކައުންސިލްތަކުގެ އިދާރާތަކުން އަދި މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މުބާރާތް ހުޅުވާލެވިފައިވާ 2 ބައިންކުރެ ކޮންމެ ބަޔަކުންވެސް ކަނޑައެޅިފައިވާ ޢަދަދަށްވުރެ އިތުރަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ ބައިވެރިން ހޮވޭނީ އޮޑިޝަނެއް ބޭއްވުމަށްފަހުއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6540025 ފޯނާއި ގުޅުއްވުމުން ސާފުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

                ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                28 ރަޖަބު   1438

                25 އޭޕްރީލް  2017