އަތޮޅު ކައުންސިލުން ތަރައްޤީ ކުރަމުންދާ ޑްރައިވިންގ ޓްރެކް ހެދުމުގެ ޢަމަލީ މަސައްކަތް ނިންމައި މިމަހުގެ 9ވަނަ ދުވަހު އެ ކައުންސިލާ ޙަވާލުކޮށްފިއެވެ.
4 ފިޔަވައްސަކަށް ބަހާލައިގެން ކޮންޓެކްޓް އުޞޫލުން ކުރިޔަށްގެންދެވުނު މި ޕްރޮޖެކްޓުގެ ސަބަބުން އަތޮޅު ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ލައިސަންސް ހަދައިދިނުމުގެ ޚިދުމަތް ދާއިމީ ގޮތެއްގައި ލިބިގެންދާނެއެވެ.
އަތޮޅު ރައްޔިތުންނަށް ޚިދުމަތެއް ދިނުމުގެ ގޮތުން ތަރައްޤީ ކުރެވުނު މި ޑްރައިވިންގ ޓްރެކަކީ ށ.އަތޮޅުކައުންސިލްގެ 2016، 2017ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިގެން ސަރުކާރުގެ އެހީތެރި ކަމާއެކު ކުރިޔަށްގެންދެވުނު ޕްރޮޖެކްޓެކެވެ.
ލަސްނޫން މުއްދަތެއްގެ ތެރޭގައި މި ޓްރެކް ހުޅުވައި ޚިދުމަތް ދިނުމަށްޓަކައި ޓްރެކްގެ ވަށައިގެންވާ ސަރަހައްދު ސާފުކުރުމާއި، އެތެރޭގެ ޕާކުތަކުގައި ގަސްއިންދުމުގެ މަސައްކަތް ށ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ފޯރިއާއެކު ދަނީ ކުރަމުންނެވެ.
މި ޕްރޮޖެކްޓަކީ ށ.އަތޮޅުގައި ލައިސަންސް ކާޑު ދޫކުރުމަށް ބޭނުންވާ ޕްރެކްޓިކަލް ޓެސްޓް ހެދުމަށް އެކަށީގެންވާ ރައްކާތެރި ތަނެއް ހެދުމަށާއި، އެކިއެކި ބޭނުންތަކުގައި އަތޮޅުގެ ގިނަ ރަށްރަށުން ފުނަދުއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި، ފުނަދޫގައި ދިރިއުޅޭ ކުޑަކުދިންނަށާއި، ޒުވާނުންނާއި، އިސް ރަށްވެހިންނަށް މަޑުކޮށްލާނެ، ހިތްފަސޭހަކޮށްލާނެ، ކަސްރަތުކޮށްލައި ހެދޭނެ ހިތްގައިމު މާހައުލެއް ފުނަދޫގައި ޤާއިމުކުރުމަށްޓަކައި ހެދުނު ޕާކެކެވެ.