އަތޮޅުވެހީގެ ކޮޓަރިތަކުން ނަގާ ކުލި ބައެއް ޕްރޮގްރާމުތަކުގެ ބައިވެރިންނަށް ކުޑަކުރުމާ ގުޅޭ 2023/23


ނަންބަރު: (N)227-2023/23

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: އަތޮޅުކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކުއްޔަށްދޭ ކޮޓަރިތައް ކުއްޔަށް ދިނުމުގައި ނަގާ ރޭޓްތައް އަތޮޅުކައުންސިލް މެންބަރުންނާއި، އަތޮޅު ރަށްރަށުގެ ކައުންސިލްތަކުގެ އިދާރާ އާއި، އެހެނިހެން ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރެއިން އަތޮޅު ކައުންސިލުގެ ނުވަތަ އަތޮޅު ކައުންސިލާއި، އެހެން ފަރާތްތަކާ ގުޅިގެން ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތްތަކަށް ވަކި ޚާއްޞަ އަގުތަކެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް: އަތޮޅުކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކުއްޔަށްދޭ ކޮޓަރިތައް ކުއްޔަށް ދިނުމުގައި ނަގާ ރޭޓްތައް އަތޮޅު ކައުންސިލުގެ ނުވަތަ އަތޮޅު ކައުންސިލާއި، އެހެން ފަރާތްތަކާ ގުޅިގެން ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތްތަކަށް ވަކި ޚާއްޞަ އަގުތަކެއް ކަނޑައެޅުމަށް ށ.ނަރުދޫ ކައުންސިލުގެ ރައީސް މުޙައްމަދު މުސްތަރުސިދު ހުށަހަޅުއްވާފައިވާ މައްސަލަ އިތުރަށް ދިރާސާކުރުމަށްފަހު އަލުން ކައުންސިލުގެ ޖަލްސާއަށް ގެނައުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2023 މެއި 11ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 70ވަނަ ޢާއްމު ޖަލްސާއިންނެވެ.

11 މެއި  2023