އަތޮޅުގެ ރަށްރަށާއި، ރިސޯޓްފަހަރާ ދެމެދުގައި ކުނި އުފުލުމުގެ ޖާގަ ޤާނޫނުން ފަހިކުރުމުގެ ޤާރާރު ފާސްކުރުން- 2023/22


ނަންބަރު: (N)227-2023/22

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: އަތޮޅުގެ އެތެރެވަރީގެ އިޤްތިޞާދަށް މަގުފަހިކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓް ފަހަރާ ދެމެދުގައި ކުނި އުފުލުމުގެ ޖާގަ ޤާނޫނުން ފަހިކޮށްދިނުމަށް ގޮވާލާ ޤަރާރާ ގުޅޭގޮތުން މަޝްވަރާކޮށް ފާސްކުރުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

އަތޮޅުގެ އެތެރެވަރީގެ އިޤްތިޞާދަށް މަގުފަހިކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓް ފަހަރާ ދެމެދުގައި ކުނި އުފުލުމުގެ ޖާގަ ޤާނޫނުން ފަހިކޮށްދިނުމަށް ގޮވާލާ ޤަރާރާ ނަންބަރު (Q)2023/01 (11 މެއި 2023) ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2023 މެއި 11ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 70ވަނަ ޢާއްމު ޖަލްސާއިންނެވެ.

11 މެއި  2023