ނަންބަރު: (N)227-2023/20
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: 2022ވަނަ އަހަރު ސްޓޭޓްހައުސް މަރާމާތުކުރުމަށް ހޯމް މިނިސްޓްރީން ދިން ފައިސާގެ ތެރެއިން ގާޑެންލައިޓް ހަރުކުރުމަށް ބާކީކުރި ފައިސާ މި އަހަރުގެ ބަޖެޓުގައި ހިމެނުމަށްފަހު ޚަރަދުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
2022ވަނަ އަހަރު ސްޓޭޓްހައުސް މަރާމާތުކުރުމަށް ހޯމް މިނިސްޓްރީން ދިން ފައިސާގެ ތެރެއިން ގާޑެންލައިޓް ހަރުކުރުމަށް ބާކީކުރި ފައިސާ މި އަހަރުގެ ބަޖެޓުގައި ހިމެނުމަށްފަހު ޓްރެކް އޭރިޔާގައި ލައިޓްޖެހުމުގެ މަސައްކަތަށް ޚަރަދުކުރުމަށް ބަޖެޓަށް އިތުރުކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2023 މެއި 11ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 70ވަނަ ޢާއްމު ޖަލްސާއިންނެވެ.
11 މެއި 2023