ލޯންޗު ކުއްޔަށް ހިފުމަށް


ސަރުކާރުގެ އޮފީހަކުން ދަތުރެއްކުރާނަމަ އެކަމަށްއެދި އެއޮފީހަކުން އަތޮޅު ކައުންސިލަށް ހުށައެޅުމުން ނުވަތަ ކޯޓޭޝަންގައި ސޮއިކޮށް އަނބުރާ ފޮނުވުމުން އެދަތުރެއްކުރުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

އަމިއްލަ ފަރާތެއް ނުވަތަ ޖަމްޢިއްޔާއަކުން ކުރާ ދަތުރެއްނަމަ ދަތުރުކުރުމުގެ ކުރިން ދަތުރުގެ އަގަށްވާ ފައިސާ އަތޮޅު ކައުންސިލަށް ދައްކަންޖެހޭނެއެވެ.

އަތޮޅު ކައުންސިލުން މި ޕްރޮގްރާމް ހިންގުމަށް ބޭނުންކުރަނީ ގަލްފް ކްރާފްޓް '36 ގެ 2 ލޯންޗެވެ.

ލޯންޗެއްގައި އުފުލޭނެ ފަސިންޖަރުންގެ އަދަދަކީ 18 (އަށާރަ)އެވެ.

ލޯންޗްގެ ޚިދުމަތް ހޯއްދެވުމަށް ރަސްމީ ގަޑީގައި އަތޮޅު ކައުންސިލަށް ގުޅުއްވުމުން ހަމަޖެހޭނެއެވެ. ނުރަސްމީ ގަޑިއެއްގައި ޚިދުމަތް ހޯއްދަވާނަމަ 7583845 ނަންބަރަށް ގުޅުއްވާށެވެ.