އަމިއްލަ ފަރާތްތަކަށް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުން
ދުވަހު ކުއްޔަށް ކޮޓަރިއެއް ހޯދުމަށް ލިޔުމަކުން، ނުވަތަ އަނގަބަހުންވެސް ހުށައެޅިދާނެއެވެ.
ދުވަހު ކުއްޔަށް ކޮޓަރި ހިފަން ބޭނުންވާ ފަރާތްތަކުން ކޮޓަރި ކުއްޔަށް ހޯދުމަށް އެދި ހުށައަޅާ ފޯރމް ފުރިހަމަކޮށް ހުށައަޅަންވާނެއެވެ.
އަމިއްލަ ފަރާތްތަކަށް ކުއްޔަށްދޫކުރެވޭނީ ހަމައެކަނި އަތޮޅުވެހީގެ ކޮޓަރިތަކުންނެވެ.
ކޮޓަރި ކުއްޔަށް ދޫކުރުމުގައި ދުވަސް ގުނާނީ މެންދުރު 12 އިން، ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12 އަށެވެ. އެހެން ނަމަވެސް ކޮޓަރި ހިފާތާ 1 ގަޑިއިރަށްވުރެ ފަހުން ކޮޓަރި ދޫކޮށްލާނަމަ އެއްދުވަހަށްވާ ފައިސާ ނަގަންޖެހޭނެވެ. މީގެ އިތުރުން އެއްދުވަސްވެ ދެވަނަ ދުވަހުގެ މެންދުރު 12 ގެ ފަހުން 1 ގަޑިއިރަށްވުރެ އިތުރަށް މަޑުކުރާނަމަ 2 ދުވަހުގެ ފައިސާ ނަގަންވާނެއެވެ.
ދުވަހު ކުއްޔަށް ކޮޓަރި ހިފަން ބޭނުންވާ ފަރާތަކުން އެކަމަށްއެދި ށ.އަތޮޅުކައުންސިލް އިދާރާއަށް ހުށަހެޅުމުން، އެޚިދުމަތަކަށް ކަނޑައެޅޭ އަގު އެޑްވާންސަށް ނެގުމަށްފަހު ކޮޓަރި ދޫކުރާނީއެވެ. އެޑްވާންސަށް ފުރަތަމަ ފައިސާނަގާއިރު ތަޅުދަނޑީގެ ފީގެ ގޮތުގައި -/100ރ. (އެއް ސަތޭކަ) ޗާޖުކުރަންވާނެއެވެ.
ތަޅުދަނޑީގެ ފީގެ ގޮތުގައި ނަގާ ފައިސާ ތަޅުދަނޑި ޙަވާލުކުރުމުން އަނބުރާ ޙަވާލުކުރަންވާނެއެވެ.
ކޮންމެ ދުވަހެއްގެ މެންދުރު 12ގެ ކުރިން ކުރިއަށް އޮތްދުވަހުގެ ފައިސާ ނަގަންވާނެއެވެ.
ކޮންމެ ކޮޓަރިއެއްގައި ބޭތިއްބޭނީ އެކޮޓަރިއެއްގައި އެނދު ހުންނަ ގޮތަށް ބަލައި، ކޮންމެ ސިންގަލް އެނދަކަށް އެކެއް، އަދި ޑަބަލް އެނދަކަށް ދެ މީހުންގެ ރޭޓުންނެވެ. އެއްކޮޓަރީގައި މިއަށްވުރެ އިތުރަށް މީހުން ތިބޭނަމަ އިތުރުވާ ކޮންމެ މީހަކަށް -/50 ރުފިޔާގެ ރޭޓުން ޗާޖުކުރެވޭނެއެވެ. މި މާއްދާގެ ދަށުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ޗާޖެއް ނުކުރެވޭނެވެ.
ސަރުކާރުގެ އިދާރާތަކަށް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުން
ސަރުކާރު އިދާރާތަކަށް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރެވޭނީ އެ އިދާރާއަކުން ލިޔުމަކުން އެކަމަށް އެދި ހުށައެޅުމުން އެޚިދުމަތަކަށް ކަނޑައެޅޭ އަގު ނުވަތަ ކޯޓޭޝަން އެޕްރޫވްކުރުމުންނެވެ.
ސަރުކާރު އިދާރާތަކަށް ކޮޓަރި ދޫކުރުމުގައި ވެސް ދުވަސް ގުނާނީ މެންދުރު 12 އިން، ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12 އަށެވެ.
ސަރުކާރު އިދާރާތަކަށް ފަހުން ފައިސާދައްކާގޮތަށް ކޮޓަރި ދޫކުރެވިދާނެއެވެ.
ދިގުމުއްދަތަށް ކޮޓަރިދޫކުރުން
ދިގު މުއްދަތަށް ކޮޓަރި ދޫކުރެވޭނީ ހަމައެކަނި އަތޮޅުވެހިންނެވެ.
ދިގުމުއްދަތަށް ކޮޓަރިއެއް ހިފަންބޭނުންނަމަ އެކަންބަޔާންކޮށް މުއްދަތު އެނގޭނެގޮތަށް މަދުވެގެން 48ގަޑިއިރު ކުރިން ލިޔުމަކުން އަތޮޅު ކައުންސިލަށް ހުށައަޅަންވާނެއެވެ.
ދިގުމުއްދަތަށް ކޮޓަރި ދޫކުރުމުގައި އަގު ކަޑައަޅާނީ ކުއްޔަށްހިފާބޭނުމާއި، ޙާލަތާއި، އަދި މުއްދަތަށް ބެލުމަށްފަހު ކޯޑިނޭޓިން ކޮމެޓީންނެވެ. ނަމަވެސް 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރާނަމަ އަގު ކަނޑައަޅާނީ ކައުންސިލުންނެވެ.
ދިގުމުއްދަތަށް ކޮޓަރި ދޫކުރެވޭނެ އެންމެ ކުޑައަގަކީ ދުވާލަކަށް -/250ރ. ގެ ރޭޓުންނެވެ.