ވިޔަވަތި ޓްރަސްޓް ފަންޑް


ވިއަވަތި ޓްރަސްޓް ފަންޑު
މިފަންޑަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ (2010/7) ޤާނޫނުގެ 73 ވަނަ މާއްދާއިން ބާރުލިބިގެން، އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތު ރަގަޅުކޮށް އަބުރުވެރި ދިރިއުޅުމަކަށްޓަކައި ފަރުދީގޮތުން ކުރެވޭ ކަންކަމަށާއި، ޖަމާޢަތުގެ ގޮތުގައިކުރެވޭ ކަންކަމަށް ބޭނުންވާ ފައިސާ ލުއިފަސޭހަ ގޮތަކަށް ލިބޭނެ ނިޒާމެއް އަތޮޅުކައުންސިލުން ހަމަޖައްސައިދިނުމަށާއި، ރައްޔިތުންނަށް ޑަކްޓަރީ ބޭހާއި، ޞިއްޙީ ދާއިރާއާއިގުޅޭ ތަފާތު ޚިދުމަތްތައް ފޯރުކޮށްދީ، ދައުލަތުގެ ޞިއްޙީ އިންޝުއަރެންސް ސްކީމްގެ ފަސޭހަކަން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށާއި، އަތޮޅު ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަނޑާއި އެއްގަމު އުޅަނދުފަހަރުން އެންމެ އެދެވޭ ނަފާވެރިކަން ހޯދާ އެވަޞީލަތްތައް ދަމަހައްޓާ، ދިރުވާ އަލާކުރުމާއި، އަތޮޅުގައި ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމްކޮށް އެޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އަތޮޅު ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އެންމެހާ ޢިމާރާތްތަކުން އެންމެ އެދެވޭ ނަފާވެރިކަން ހޯދާ ޢިމާރާތްތައް ދަމަހައްޓާ، ދިރުވާ އަލާކޮށް، އެވަޞީލަތްތަކުގެ ބޭނުން ވިޔަފާރި އުޞޫލުން ހިންގުމަށާއި، އަތޮޅު ކައުންސިލުން އިންވެސްޓްކުރުމަށް ކަނޑައަޅާ އިތުރު ދާއިރާތަކަށް އިންވެސްޓް ކުރުމާއި، އަތޮޅުގެ ތަރައްޤީއަށް މާލީގޮތުން އެހީތެރިވެދިނުމެވެ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/3) އިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އެޤާނޫނުގެ 26 ވަނަ މާއްދާގައި ކަނޑައެޅިފައިވާގޮތަށް އުފައްދަވާ ދެއްވާފައިވާ ފަންޑެކެވެ.

ފަންޑުގެ ކެޕިޓަލްއަކީ، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރެވެނިއު1 (މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށް ލިބޭ ސީދާ އާމްދަނީ) އެކައުންޓްގައި 31 މެއި 2012 ގެ ނިޔަލަށް ހުރި ފައިސާގެ ތެރެއިން 5,000,000.00 (ފަސް މިލިޔަށް) ދިވެހި ރުފިޔާއެވެ. އެއީ

"މަދަދު" ޕްރޮގްރާމަށް ކަނޑައެޅާ 3,600,00.00 (ތިންމިލިޔަން ހަސަތޭކަހާސް) ދިވެހި ރުފިޔާ

"ފުނަފަތި"ގެ ނަމުގައި ވިޔަފާރި ކުރުމަށް ކަނޑައަޅާ 1,099,162.90 (އެއްމިލިޔަން ނުވަދިހަ ނުވަހާސް އެއްސަތޭކަ ފަސްދޮޅަސް ދޭން / ނުވަދިހަ) ދިވެހި ރުފިޔާ

"ދުވެލި"ގެ ނަމުގައި ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށް 200,000.00 (ދެލައްކަ) ދިވެހި ރިފިޔާ

"ނަފާވެހި"ގެ ނަމުގައި ހިޔާވަހީގެ ޚިދުމަތް ދިނުމަށް 100,837.10 (އެއްލައްކަ އަށްސަތޭކަ ތިރީށް ހަތެއް / ދިހައެއް) ދިވެހި ރުފިޔާ އެވެ.

0
ފުނަފަތި ޕްރޮގްރާމަށް ކަނޑައެޅިފައިވާ ބަޖެޓު
0
ދުވެލި ޕްރޮގްރާމަށް ކަނޑައެޅިފައިވާ ބަޖެޓު
0
ނަފާވެހި ޕްރޮގްރާމަށް ކަނޑައެޅިފައިވާ ބަޖެޓު
0
މަދަދު ޕްރޮގްރާމަށް ކަނޑައެޅިފައިވާ ބަޖެޓު