ފުނަދޫ


ފުނަދޫ ކައުންސިލްގެ އިދާރާ

ފޯން: 6540052

ފެކްސް: 6540053

އީމެއިލް: funadhoo.council@gmail.com

ސޯޝަލް މީޑިއާ: shaviyanifunadhoo

ކައުންސިލްގެ ރައީސް: އަޙްމަދު އިބްރާހިމް

ފޯން: 7934237

މިލަދުންމަޑުލުއުތުރުބުރީ މަރުކަޒީރަށް ފުނަދުއަކީ އަތޮޅުގެ އިރުމަތީ ބިތުގައިވާރަށެކެވެ. މިރަށް އޮންނަނީ އުތުރުން "53 '8  '6 ހުޅަގުން "26  '12  '73 ގައެވެ. މިރަށުގެ ދިގުމިނަކީ 2350 މީޓަރެވެ. ފުޅާމިނަކީ 450 މީޓަރެވެ. ފުނަދޫގެ ބޮޑުމިނަކީ 78 ހެކްޓަރެވެ.  މިރަށަކީ ކުރިން ފަޅުރަށެކެވެ. މިރަށް އާބާދުވާން ފަށާފައިވަނީ 1968ވަނަ އަހަރު ޖެނުއަރީ 01 ދުވަހު ށ.ޅައިމަގުން ށ.އަތޮޅު އޮފީސް މިރަށަށް ބަދަލު ކުރެއްވުމާއި ގުޅިގެންނެވެ. މިރަށުގައި މީހުން އާބާދުވާން ފަށާފައިވަނީ 1970 ވަނައަހަރުގެ މާރޗް މަހުގެ 3ވަނަ ދުވަހުން ފެށިގެން ނ. ބޮމަސްދޫއިން 36 ގޭގެ 180 މީހުން މިރަށަށް ހިޖްރަކުރުމުންނެވެ.  ބޮމަސްދޫ މީހުން މިރަށަށް ބަދަލުވެ ނިމިފައިވަނީ 1973 ވަނައަހަރުއެވެ. ކުރިން މިރަށަށް ކިޔަމުންއައި ނަން (ފަރުކޮޅުފުނަދޫ)  "ފުނަދޫ " މިނަމަށް ބަދަލުކުރައްވާފައިވަނީ 12 މާރޗް 1995ގައެވެ.

ސަރުކާރުން ހިންގެވި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން މިރަށަށް މިއަތޮޅުގެ 9 ރަށަކުން މީހުން ބަދަލުވެފައިވެއެވެ. މިއަތޮޅު ފިރުބައިދޫގެ ހުރިހާމީހުން މިރަށަށް ބަދަލުކޮށް 19 އޮގަސްޓް 2004ގައި ފިރުނބައިދޫއަކީ ފަޅުރަށެއް ކަމުގައި ސަރުކާރުން ހަމަޖެއްސެވި އެވެ. އެގޮތުން ށ.ފިރުބައިދޫން 781 މީހުން މިރަށަށް ބަދަލުވެފައި ވެއެވެ. 2006 ވަނަ އަހަރުން ފެށިގެން 2009ވަނަ އަހަރާއި ހަމައަށް ށ.ނޫމަރާއިން 271 މީހުން ބަދަލުވެފައި ވެއެވެ. 2004 ވަނައަހަރުން ފެށިގެން 2009 ވަނައަހަރާއިހަމައަށް މާކަނޑޫދޫން 130 މީހުން މިރަށަށް ހިޖްރަކޮށްފައިވެއެވެ. އަދި 2009 ވަނައަހަރު މާއުނގޫދޫން 42 މީހުން ކޮމަންޑޫ 18 މީހުން، މަރޮށިން 8 މީހުން ފޭދޫން 6 މީހުން ޅައިމަގުން 5 މީހުން މިރަށަށްބަދަލު ވެފައިވެއެވެ.

ރަށާއިބެހޭ މައުލޫމާތު

ރަށުގެ ބޮޑުމިން78 ހެކްޓަރރަށުގައި މީހުން ދިރިއުޅުމަށް ކުރާ މަސައްކަތްމަސްވެރިކަން، އިމާރާތްކުރުން
ރަށުގެ ކޯޑްC15ރަށުގައި ބޭންކްގެ ޚިދުމަތްލިބޭ
ރަށުގެ ޕޯސްޓަލް ކޯޑް03150ރަށުގައި ހުރި ޢާއްމު ވިޔަފާރި ކުރާ ތަންތަން42
ރަށުގެ އާބާދީ2519ރަށުގައި ހޮޓާ ކެފޭ ރެސްޓޯރަންޓްގެ ޚިދުމަތް03
ރަށުގައި ލަފާފުރުމުގެ ފަސޭހަކަންބަނދަރު ހެދިފައިރަށުގައި ހުރި މިސްކިތް03
ރަށުގައި ތަޢުލީމު ދެވޭ ފެންވަރުހަޔަރ ސެކަންޑަރީރަށުގައި ހުރި ކުޑަކުދިންގެ ޕާކު01
ރަށުގައި ހުރި ޔުނިވާސިޓީ ކޮލެޖް ކެމްޕަސް1 ވިލާކޮލެޖްރަށުގައި ހުރި ފުޓުބޯޅަ ދަނޑު02
ރަށުގައި ޞިއްޙީ ޚިދުމަތްއަތޮޅު ހޮސްޕިޓަލްރަށުގައި ހުރި ބަށި ކޯޓު00
ރަށުގައި ހުރި ފާމަސީ2ރަށުގައި ހުރި މާލެ ދަތުރުކުރާ ބޯޓު01
ރަށުގައި ކަރަންޓް ޚިދުމަތް24 ގަޑިއިރު، ރައްޔިތުންރަށުގައި ހުރި ސްޕީޑް ލާންޗް07
ރަށުގައި ސާފު ބޯފެނުގެ ނިޒާމްގާއިމްކުރެވިފައިރަށުގައި ދޫކުރެވިފައިވާ ދަނޑުބިން00
ރަށުގައި ނަރުދަމާގެ ނިޒާމުގާއިމްކުރެވިފައިރަށުގައި ތެލާއި ގޭހުގެ ވިޔަފާރި02
ރަށުގައި ކުނި ނައްތާލުމުގެ ނިޒާމުގާއިމްކުރެވިފައިރަށުގައި އުޅޭ ބިދޭސީން