ށ.އަތޮޅު ކައުންސިލްގެ 3ވަނަ ދައުރުގެ 63ވަނަ ޢާއްމު ޖަލްސާގެ ދަޢުވަތު


ތަން:   ޖަލްސާކުރާ މާލަން / މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ތާރީޚާއި ގަޑި:    1 އޯގަސްޓް 2018،  ބުރާސްފަތި، ހެނދުނު 10:00

އެޖެންޑާ

  1. ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން
  2. ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން

 

  1. ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
    • މީޓިންގރޫމް ޢިމާރާތްކުރުމުގެ ޕްރޮޖެކްޓަށް އިތުރަށް ބޭނުންވާ ފައިސާ އާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ކަނޑައެޅުން.
    • ވިޔަވަތި އިނާމުގެ އެވޯޑްތައް ޑިޒައިންކުރުމާއި، އެކަމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތަކާ ބެހޭގޮތުން މަސްވަރާކޮށް ގޮތެއް ކަނޑައެޅުން.
    • 2016ވަނަ އަހަރު ށ.ޅައިމަގު ބަނދަރު ހެދުމުގެ މަސައްކަތް ކުރެވުނުއިރު އެ ރަށު ރައްޔިތުން ބޭނުންވެގެން އެމް.ޓީ.ސީ.ސީ މެދުވެރިކޮށް ބަނދަރަށް އިތުރުކުރެވުނު 50 ފޫޓުގެ މައްސަލާގައި އެ މަސައްކަތުގެ ފައިނަލް ޕޭމަންޓަށް ދައްކަންޖެހޭ ފައިސާ، ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދެވެން ނެތްކަމަށް ވިދާޅުވެފައިވާތީ، އެފައިސާ ދެއްކުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
  1. ކައުންސިލަރުން ހުށައަޅުއްވާ ކަންކަން 
  1. އިދާރީ މައްސަލަތައް

5.1 މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 3ވަނަ ދައުރުގެ 62ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

  1. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން

  ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިއަށް ގެންދާނީއެވެ.

              30  ޖުލައި  2018