`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
   ސުނާމީ ރިކަވަރީ ސްކީމް
ތަޢާރަފު

ސުނާމީ ރިކަވަރީ ލުއިލޯނު ސްކީމަކީ ސުނާމީއާއި ގުޅިގެން މިއަތޮޅުން ގެއްލުން ލިބުނު ރަށްތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ލުއިލޯނުގެ ގޮތުގައި ދޫކޮށް އަނބުރާ ލިބޭ ފައިސާ އަތޮޅު ރައްޔިތުންގެ މާލިއްޔަތަށް ލިބޭގޮތަށް އެކުލަވާލެވުނު ސްކީމެކެވެ. މި ސްކީމް އަމާޒުކުރެވިފައިވަނީ ކޮމަންޑޫ، މަރޮށި، ނަރުދޫ މި ތިން ރަށުގެ ރައްޔިތުންނަށެވެ. މި ސްކީމުން ދޫކުރެވިފައިވާ ފައިސާގެ ތެރެއިން އަނބުރާ އަތޮޅު ރައްޔިތުންގެ މާލިއްޔަތަށް 676756.99ރ (ހަލައްކަ ހަތްދިހަ ހަހާސް ހަތްސަތޭކަ ފަންސާސް ހަރުފިޔާ/ ނުވަދިހަ ނުވަލާރި) މިހާތަނަށް ލިބިފައިވެއެވެ. މި ސްކީމްގެ ހިސާބުތައް ވޭތުވެދިޔަ ތަނުގައި އެކަށީގެންވާގޮތެއްގައި ބެލެހެއްޓިފައި ނުވާތީ، ޞައްޙަ މަޢްލޫމާތު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

މިހާރު ކުރަމުންދާ މަސައްކަތް


އަތޮޅުކައުންސިލުން އަތޮޅު ހިންގުމާއި ޙަވާލުވުމާއެކު މި ސްކީމްގެދަށުން ދޫކުރެވިފައިވާ ލޯނުތަކުގެ ތެރެއިން އަނބުރާ ދައްކާ ނުނިމިހުރި ލޯނުތަކުގެ ފައިސާ ރަށްރަށުގެ ކައުންސިލްތަކާއި ލޯނު ދޫކުރެވިފައިވާ ފަރާތްތަކާއި ވާހަކަ ދައްކައިގެން ހޯދުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.