logo

05 މާޗް 2024

އ.ތ.މ ކޮމިޓީގެ ކުރިއަށްއޮތް އަހަރުގައި (2023) ޙާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތަކާއި، ފާއިތުވެދިޔަ އަހަރަށް (2022) ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލްކުރެވުނު މިންވަރާ ގުޅޭ ރިޕޯޓް އާންމުކުރުން

ނޫސްބަޔާން

ނަންބަރު:(PR)227-PR/227/2023/10

އ.ތ.މކޮމިޓީގެކުރިއަށްއޮތްއަހަރުގައި(2023)ޙާޞިލުކުރަންކަނޑައަޅާލަނޑުދަނޑިތަކާއި،ފާއިތުވެދިޔައަހަރަށް(2022)ކަނޑައެޅުނުލަނޑުދަނޑިތަކުގެތެރެއިންޙާޞިލްކުރެވުނުމިންވަރާގުޅޭރިޕޯޓްއާންމުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 56-7 ވަނަ މާއްދާގައިގައިވާ ގޮތުގެމަތިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ  ކޮމިޓީން ކޮންމެ އަހަރަކުމެ ޙާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ކޮންމެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި އާންމުކުރަންޖެހެއެވެ.  އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ  ކޮމިޓީން ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލްކުރެވުނު މިންވަރާ ގުޅޭ ރިޕޯޓު އެކުލަވާލައި ކައުންސިލަށް ހުށައެޅުމާއެކު ރައްޔިތުންނަށް ފެންނާނެހެން އާންމުކުރަންޖެހެއެވެ.

ދެންނެވުނު ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް، 2023 ވަނަ އަހަރު ޙާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް 2023 ޖެނުއަރީ މަހުގެތެރޭގައި އެކަށައަޅައި އާންމުކުރުމާއިއެކު، 2022 ވަނަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލުކުރެވުނު މިންވަރާއިގުޅޭ ރިޕޯޓް އެކުލަވާލައި ކައުންސިލަށް ހުށައެޅުމާއެކު ރައްޔިތުންނަށް ފެންނާނެހެން އާންމުކޮށް އެކަން މިކައުންސިލާއި ހިއްސާކޮށްފައިވާ، މި އިދާރީ ދާއިރާގެ ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.

1. މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

2. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

3. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

4. މިލަދުންމަޑުލު އުތުރުބުރީ ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

5. މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

6. މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

7. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

8. މިލަދުންމަޑުލު އުތުރުބުރީ މަރޮށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

9. މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

10.މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

11. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

12. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

13. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

14. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

 

ދެންނެވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން، އެ ކޮމިޓީތަކުގެ ޤާނޫނީ ޒިންމާ އަދާކޮށް، އެ މައުލޫމާތު މިކައުންސިލަށް ހިއްސާކޮށްފައިވާތީ، އެ ކޮމިޓީތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

22 ފެބްރުއަރީ 2023