logo

05 މާޗް 2024

2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ މަޢުލޫމާތު ހިއްސާކުރުން

ނޫސްބަޔާން

ނަންބަރު:(PR)227-PR/227/2023/12

2023ވަނައަހަރުގެފެބްރުއަރީމަހުގެރައްޔިތުންގެބައްދަލުވުން

ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް 2023 ވަނަ އަހަރު ފެބްރުއަރީ މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިފައިވާ ބައްދަލުވުމެއް ބާއްވާ، މިކައުންސިލަށް އެމައުލޫމާތު ޙިއްސާކޮށްފައިވާ މި އިދާރީ ދާއިރާގެ 14 ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

 

1. މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް

2. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް

3. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް

4. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް

5. މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް

6. މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީ ކައުންސިލް

7. މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް

8. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް

9. މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް

10.މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް

11. މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް

12. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް

13. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް

14. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

09 މާރިޗު 2023