logo

05 މާޗް 2024

2024 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން

ނޫސްބަޔާން

ނަންބަރު:(PR)227-AS-LC/227/2024/5

 

2024ވަނައަހަރުގެބަޖެޓްފާސްކުރުން

ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 93 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކައުންސިލަށް ލިބޭ އާމްދަނީއާއި އެކިގޮތްގޮތުން ލިބޭ އެހީއާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލްގެ ބަޖެޓު އެއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރަންޖެހެއެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާގޮތަށް 2024 ވަނަ އަހަރުގެ ބަޖެޓް ޖަނަވަރީ 15 ގެ ކުރިން ފާސްކޮށް، މިކައުންސިލަށް އެ މަޢުލޫމާތު ޙިއްސާކޮށްފައިވާ މި އިދާރީ ދާއިރާގެ 14 ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

 

1. މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް

2. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް

3. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް

4. މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީ ކައުންސިލް

5. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް

6. މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް

7. މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް

8. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް

9. މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލް

10. މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް

11. މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް

12. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް

13. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް

14. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް

 

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

24 ޖެނުއަރީ 2024