logo

05 މާޗް 2024

2023 ވަނަ އަހަރު ރަށު ކައުންސިލުތަކުން ހިންގި ހަރަކާތްތަކުގެ ރިފޯޓް

ނޫސްބަޔާން

ނަންބަރު:(PR)227-AS-LC/227/2024/4

2023ވަނައަހަރުރަށުކައުންސިލުތަކުންހިންގިހަރަކާތްތަކުގެރިފޯޓް

ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ”ށ“ ގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފާއިތުވި އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ރަށުކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް ހުށައެޅުމަކީ ރަށު ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް 2023 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ހުށަހަޅުއްވާފައިވާ، މި އިދާރީ ދާއިރާގެ 14 ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

1. މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް

2. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް

3. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް

4. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް

5. މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް

6. މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީ ކައުންސިލް

7. މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް

8. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް

9. މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް

10. މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް

11. މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް

12. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް

13. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް

14. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް

 

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

10 ޖެނުއަރީ 2024