logo

05 މާޗް 2024

2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު އަތޮޅު ކައުންސިލަށް ލިބުނު ގޮތުގެ މަޢުލޫމާތު އާންމުކުރުން

ނޫސްބަޔާން

ނަންބަރު:(PR)227-PR/227/2023/18

2024ވަނައަހަރުގެމަސައްކަތުތާވަލާއިބަޖެޓުއަތޮޅުކައުންސިލަށްލިބުނުގޮތުގެމަޢުލޫމާތުއާންމުކުރުން

 

ޤާނޫނުގެ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ) 105 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގެ އޮގަސްޓް 31 ގެ ނިޔަލަށް ކުރިއަށް އޮތް އަހަރު (2024) ގެ މަސައްކަތު ތާވަލާއި، ބަޖެޓް ތައްޔާރުކޮށް ރަށުކައުންސިލް ތަކުން އަތޮޅުކައުންސިލަށް ހުށަހެޅުމަކީ ޤާނޫނުން ރަށުކައުންސިލްތަކަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެކެވެ.

                ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް  2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ހުށަހަޅާފައިވާ މިއިދާރީ ދާއިރާގެ ރަށުކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައިއެވަނީއެވެ.        

1. މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް

2. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް

3. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް

4. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް

5. މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް

6. މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީ ކައުންސިލް

7. މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް

8. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް

9. މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް

10.މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް

11. މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް

12. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް

13. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް

14. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް

މި އިދާރީ ދާއިރާގެ ހުރިހާ ރަށު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

08 އޮގަސްޓް 2023